ޔޫތު ކަޕް ޕީއެސް 4 ޓޯނަމަންޓުގައި ބައިވެރިވި ޒުވާނުންގެ އަދަދު 638 އަށް !

29 ޖުލައި 2018 - 00:07

ޔޫތު މިނިސްޓްރީގެ ފަރާތުން ޖުލައި 26 އަދި 27 މި ދެދުވަހު މާފަންނު ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިޔަ ޔޫތު ކަޕް 2018ގެ ޕީއެސް 4 ޓޯނަމަންޓްގައި 638 ޒުވާނުން ވަނީ ބައިވެރިވެފައެވެ. ޔޫތު ކަޕް 2018ގެ ޕީއެސް 4 ޓޯނަމަންޓްގައި ފީފާ 2018 އަދި ޕަބްޖީ ކުޅެވުނު އިރު، އީ ސްޕޯޓިންގ އަށް ހުނަރުވެރި ޒުވާނުންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރުގެ ޔޫތު ކަޕަށް ޒުވާނުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި އަހަރުގެ ޕީއެސް 4 ޓޯނަމެންޓް ދިރާގުން ސްޕޮންސާރ ކޮށްފައިވާ އިރު، ޕީއެސް 4 ޓޯނަމަންޓްގައި ބައިވެރިވެ ވަނަ ހޯދާފައިވާ ޒުވާނުންނަށް ތައްޓާއި މެޑަލްގެ އިތުރުން ފައިސާގެ އިނާމްވެސް ލިބިފައިވެ އެވެ. އަދި ވަނަތައް ހާސިލްކުރި ޒުވާނުންނަށް އެންޒީގެ ފަރާތުން ހަދިޔާކުރި ގިފްޓް ޕެކްއެއްވެސް ވަނީ ލިބިގެން ގޮސްފައެވެ. މި އަހަރުގެ ޔޫތު ކަޕްއަށް ވެސް ގިނަ ފަރާތްތަކަކުން ވަނީ އެހީ ތެރިވެދެއްވާފައެވެ. އެގޮތުން އެންޒީ، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އީ ސްޕޯޓިންގ އެސޯސިއޭޝަން އަދި ޓުގެދަރ އޭޒް ވަން ފާހަގަކޮށްލެވެ އެވެ.