މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ސަރުކާރުން ކ. ދިއްފުށީގައި ތަރައްގީކޮށްފައިވާ ފުޓްސަލް ދަނޑު ހުޅުވައިފި!

28 ޖޫން 2018 - 11:06

ކ ދިއްފުށީގެ ސްޕޯޓްސް އެރީނާ ގެ ފްޓްސަލް ދަނޑު ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވީ ޚާއްސަ ރަސްމިއްޔާތެއްގައި ޔޫތް މިނިސްޓަރ އިރްތިޝާމް އާދަމްއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ އެރަށުން އެކަމަނާއަށާއި ޔޫތް މިނިސްޓްރީގެ ޓީމަށް ކީ ހޫނު މަރުހަބާ ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ. ދިއްފުށީގައި ހުޅުވިގެން ދިޔަ ފުޓްސަލް ދަނޑާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ދަނޑު ތަރައްގީކޮށްފައިވަނީ ދުވާލާއި ރޭގަނޑު އެތަނުގައި ފުޓްސަލް ކުޅެވޭނެހެންކަމަށެވެ މިނިސްޓަރ އިތުރަށް ވިދާޅުވީ ކިތައްމެ ކުޑަ އަދި ބޮޑު ރަށެއް ވިޔަސް އެރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ސަރުކާރުން ގާއިމްކުރަމުންދަނީ ޓާގެޓެއް ކަނޑައަޅުއްވައިގެންކަމަށެވެ އެގޮތުން ދިއްފުށީގައި ހުޅުވިގެންދިޔަ ފުޓްސަލް ދަނޑަކީ އެކެއް ޕޮއިންޓް ހަތަރެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ގާއިމްކޮށްދެއްވާފައިވާ ދަނޑެއްކަމަ ށެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިއްފުށީގެ ކައުންސިލްގެ ރައީސް އިބްރާހިމް އަޒީމް ވަނީ ކ. ދިއްފުށީގައި ތަރައްގީކުރި ފުޓްސަލް ދަނޑު ހެދުމަށް ސަރުކާރުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި އެދަނޑު ތަރައްގީކުރުމުގައި އަމަލީގޮތުން ބައިވެރި އެންމެނާއި އެހީތެރިވި ފަރާތްތަކަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިދަނޑު ހުޅުވުމުގެ ގޮތުން ވަނީ ޚާއްސަ ފުޓްސަލް މެޗްތަކެއް ކުޅެފައި އެގޮތުން އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ފުޓްސަލް ޓީމާއި، ދިއްފުށީގެ ސިވިލްސާވިސްގެ ޓީމެވެ.