މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޔޫތު މިނިސްޓްރީއިން ށ. ބިލެއްފަހީގައާއި ޅައިމަގުގައި ފްޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފަށައިފި!

28 ޖޫން 2018 - 11:06

ޔޫތު މިނިސްޓްރީއިން ށ. ބިލެއްފަހީގައާއި ޅައިމަގުގައި ފްޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފަށައިފައިވާއިރު، ހަމަ އެ އަތޮޅު ނަރުދޫގައިވެސް ފުޓްސަލް ދަނޑުގެ މަސައްކަތްވެސް ފެށޭ ގޮތްވަނީ ވެފައެވެ. ޔޫތު މިނިސްޓްރީގެ ޓީމުން ށ އަތޮޅުގައި މިހާރުވެސް ހަރަކާތްތެރި ވަމުންދާކަން ފާހަގަކޮށްލެވެ އެވެ. މީގެ ކުރިންވެސް ޔޫތު މިނިސްޓްރީގެ ފަރާތުން ބޭފުޅުން ވަނީ ށ އަތޮޅަށް ޒިޔާރަތް ކުރައްވާފައެވެ. ށ އަތޮޅަށް މިފަހަރު މިކުރި ދަތުރުގެ ބޭނުމަކީ ކުރިން ފެންމަތިވެފައިވާ މަސައްލަތައް ބަލައި އެ މައަސަލަތައް ހައްލު ކުރުމެވެ. ޙާއްސަކޮށް ށ. ފީވަކު ފުޓްސަލް ދަނޑުގެ އަނދާފައި ހުރި ލައިޓްތައް ބަދަލުކޮށް ފީވަކު ޒުވާނުންނަށް ރޭނގަޑު ފުޓްސަލް ކުޅެވޭނެ މަގު ވަނީ ފަހިކޮށްދީފަ އެވެ. އަދި އެފް.އޭ.އެމް އާއި ހަވާލުކޮށްފައިވާ ފީވަކު ފުޓްސަލް ދަނޑުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެ ގޮތް ހަމަޖައްސައިދިނުމަށް މިދަތުރުގައިވަނީ މަސައްކަތް ކުރެވިފަ އެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީއިން މިހާރު ކުރަމުންދާ ދަތުރު ނިމޭއިރު ށ. އަތޮޅުގެ ހުރިހާ ރަށަކަށް ކުޅިވަރު ސާމާނު ފޯރުކޮށްދެވޭނެ އެވެ. މިހާތަނަށް ޔޫތު މިނިސްޓްރީއިން ވަނީ 48 ރަށަކަށް ކުޅިވަރު ސާމާނު ފޯރުކޮށްދީފަ އެވެ. ށ. އަތޮޅު ފޯކައިދޫގެ ޔޫތު ސެންޓަރގެ ޚިދްމަތްތައް އިތުރަށް ފުރިހަމަކޮށް، ޔޫތު ސެންޓަރުންވެސް ވަނީ މިހާރު ޚިދްމަތްދޭން ފެށިފައެވެ.